ޅިޔަން ފަަހަރިންނާމެދު ސަމާލު ވުމަށް ޑރ. ޒާކިރު ނައިކް ގޮވާލައިފި.

 

ޅިޔަން ފަހަރިންނާއިމެދު އިތުރަށް ސަމާލުކަން ދޭންޖެހޭ ކަމަށް މަޝްހޫރު ދިނީ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކް ވިދާޅުވެއްޖެއެވެ.

އިޝްތިހާރު Below Header ad

މި މައުޟޫގައި ވާހަކަ ދައްކަވަމުން މަޝްހޫރު ދީނީ އިލްމުވެރިޔާ

ޑރ. ޒާކިރު ނައިކް ވިދާޅުވީ ޅިޔަނެއް ނުވަތަ ފަހަރިއަކާއިއެކު ނުރަނގަޅު އެއްވެސް ގުޅުމެއް އުފެދިއްޖެނަމަ އެކަމަކުން ސަލާމަތްވުމަކީ ވަރަށް ދަތި އުނދަގޫ ކަމަކަށް ވާނެކަމަށާއި އަދި ގިނަ ފަހަރަށް އެފަދަ ކަންކަން ވެފައި އޮންނަނީ ސަލާމަތް ނުވެވޭފަދަ ދާއިމީ ބޮޑު މައްސަލައަކަށް ކަމަށް ޒާކިރު ނައިކް ވިދާޅުވިއެވެ.

ޑރ. ޒާކިރު ނައިކް ވިދާޅުވީ ޅިޔަނުންނަކީ ވަަރަށް ގާތްބައެއް ކަމަށް ޤަބޫލުކުރެވި ބައެއް ބަފަހަރަށް މަހުރަމުން ކަމުގައި ވެސް ދެކެވޭ ހިސާބަށް ކަންތައްތައް ދާ ކަމަށާއި އެފަދަ ކަންކަން ނުކުރުމަށް ގޮވާލާ ނަސޭހަތްތެރިވާކަމަށެވެ.

އަދި އޭނާ ވިދާޅުވީ ޝައިޠާނާ އަބަދުވެސް ހުންނާނީ ފުރުޞަތަކަށް ބަލަބަލައި ކަަމަށާއި ލިބޭ ކިތަންމެ ކުޑަ ފުރުޞަތެއްގެ ބޭނުން ވެސް ޝައިޠާނާ ހިފާނެ ކަމަށެވެ.

އެހެންކަމުން އެންމެ މިހުންމީ އެފަދަ އެއްވެސް ފުރުޞަތެއް ޝައިޠާނާއަށް ނުދިނުން ކަމަށާއި އެގޮތުން އެފަދަ ކަންކަމުން ސަލާމަތްވާން މަސައްކަތް ކުރަންޖެހޭކަމަށެވެ.

ޑރ. ޒާކިރު ނައިކް ވިދާޅުވީ ޅިޔަނެއް ނުވަތަ ފަހަރިއަކާއިއެކު ނުރަނގަޅު އެއްވެސް ގުޅުމެއް އުފެދިއްޖެނަމަ އެކަމެއް ހުއްޓައިލުމަކީ ނުހަނު ދަތިކަމަކަށްވާ ކަމަށެވެ.

އަދި ޅިޔަން ފަަހަރިންނާއި ބައްދަލުކުރާއިރު އަމިއްލަ ގޭތެރޭގައި ނަމަވެސް އައުރަ ނިވާކޮށް މުސްލިމުންގެ ގޮތުގައި ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ނަމަވެސް މިއީ މާ ބޮޑު ކަމެއް ނޫންކަމަށް ދެކުމަކީ ވަރަށް ބޮޑު ގޯހެއްކަމަށާއި އެހެންކަމުން މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭކަމަށް ޒާކިރު ނައިކް ވަނީ ގޮވާލާފައެވެ.

ޑރ. ޒާކިރު ނައިކު ވިދާޅުވީ ޅިޔަނަކު ހަދިޔާއެއް ދޭ ނަމަވެސް އެ ހަދިޔާއެއް ބަލައިގަންނަންވާނީ ފިރިމީހާގެ ކުރިމަތީގައި ފިރިމީހާގެ އިޒުނައާ އެކުކަމަށެވެ. ސީދާ ހަދިޔާތައް ބަލައިގަތުމަކީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށެވެ.

މި ހުރިހާ ކަމަކީވެސް ކައުއިތުރު ރަސޫލާގެ  ސުންނަތުންނާއި ޞަހާބީންގެ އަމަލުފުޅުތަކުން ސާބިތުވާ ކަންކަމުގައިވެސް ޒާކިރު ނައިކް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލަށް ރައްދުދެއެްވާ ސަލާމް ރައްދު ކެންސަލްކުރޭ!


ޚިޔާލުތައް:

  1. ވަރަށް މުހިންމު ވާހަކައެއް.
    އެންމެ ފަހު ޖުމުލަ އޮތްގޮތުން ޑރ ނުކުރަން ވިދަަޅުވި ކަންކަން ކުރެއްވިކަން ސާބިތުވާކަމަށް މާނަ ވަނީ،
    …. މަނާކުރައްވައި ނަހީކުރެއްވި ކަން ސާބިތުވާ….
    މިގޮތަށް އޮތުން ރަނގަޅީ.

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.