ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފި

 

ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު މީހަކު  ހައްޔަރުކޮށްފިއެވެ.

އިޝްތިހާރު Below Header ad

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވިގޮތުގައި މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްގައިވަނީ  ބަންގްލަދޭޝްގެ ރައްޔިތެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާލެތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ފުލުހުންނަށް އޭނާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެންކަމަށެވެ.

އަދި އޭނާ ހައްޔަރު ކޮށްގައިވަނީ  މި މަހުގެ 25 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ސެނަހިޔާ ސަރަަހައްދުން  ޕިކަޕެއްގައި ދަނިކޮށް ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ވިދާޅުވީ ބަގުރާ ފުޅިތަށް ފެނިފައިވަނީ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑާއި ޕިކަޕު ބަލައިފާސްކުރިއިރު އެޕިކަޕުގައި ހުރި ފޮއްޓެއްގެ ތެރެއިން 11 ފުޅި ބަނގުރާ އަދި އެޕިކަޕު ތެރޭގައި ހުރި ފުޅިމަދު ފޮއްޓެއްގެ ތެރެއިން 12 ފުޅި ބަނގުރާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ވަނީ  ހާޟިރުކުރުކޮށްގައެވެ.

އެގޮތުން އޭނާ ބަންދުގައި ބަހައްޓައިގެން ތަޙްޤީގު ކުރިއަށް ގެންދިއުމަށް ކުރިމިނަލް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތު ޖަހައިދީފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.