އަރަބި އިސްލާމީ ތައުލީމު އުނގަންނައިދޭ މުދައްރިސުންނަށް ބޭއްވި މަސައްކަތު ބައްދަލުވުން ނިންމާލައިފި

ސްކޫލްތަކުގައި އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުން ތާޒާކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުން ނިންމާލައިފި އެވެ.

އިސްލާމިކް އެޑިޔުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އިސެސްކޯ) އާއި މޯލްޑިވްސް ނެޝަނަލް ކޮމިޝަން ފޯ ޔުނެސްކޯ/ އިސެސްކޯ އަދި ގުރަނަޑާ އެޑިޝަން ގުޅިގެން ކުރިއަށްގެންދިޔަ މި މަސައްކަތު ބައްދަލުވުމަކީ ހޯމަ ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަށް މާލޭގައި ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.

އިޝްތިހާރު Below Header ad

މި ބައްދަލުވުމުގައި މާލޭގެ ސްކޫލްތަކުން އަރަބި އަދި އިސްލާމް ކިޔަވައިދޭ 25 މުދައްރިސަކު ބައިވެރިވެރިވެފައިވެ އެވެ.

މި މަސައްކަތު ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އަރަބި ބަހުން ކަމުގައިވާ އިރު، މި ބައްދަލުވުމުގައި ކިޔަވައިދެއްވާފައިވަނީ އިސެސްކޯ އަދި ގްރެންޑާ އެޑިޝަންގެ ދެ ބޭފުޅެކެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، އިސްލާމްދީނަށާއި ގައުމިއްޔަތަށް ލޯބިކުރާ، ދީނީ އަދި ގައުމީ ވާޖިބުތަކަށް އަހުލުވެރި ދަރިވަރުންތަކެއް އުފެއްދުމުގެ ސިޔާސަތުގެ ދަށުން އަރަބި އިސްލާމީ ތައުލީމު އުނގަންނައިދޭ މުދައްރިސުންނަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން މި ތަމްރީން ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ ސްކޫލްތަކުގައި އަރަބި އިސްލާމް ތައުލީމް އުނގަންނަވައިދެއްވުމުގައި މަސައްކަތްކުރައްވާ ދިވެހި މުދައްރިސުންނަށް އަރަބި އަދި އިސްލާމީ ތައުލީމް އުނގަންނަވައިދެއްވާނެ ގޮތުގެ ގިނަ މައުލޫމާތުތަކެއް ލިބިއްޖެ ކަމަށް ގަބޫލު ކުރައްވާކަމަށް ޑރ.ނަޒީރު ވިދާޅުވި އެވެ.

މި މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ ރާއްޖޭގެ ސްކޫލްތަކުގައި އަރަބި އިސްލާމް ތައުލީމް އުނގަންނަވައިދެއްވުމުގައި މަސައްކަތްކުރައްވާ ދިވެހި މުދައްރިސުން ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ޒަމާނީ ވަސީލަތްތަކަށް އަހުލުވެރި ކުރުވުމާއި އަދި ގައުމީ މަންހަޖުގެ ތެރެއިން އިސްލާމީ އަރަބި ތައުލީމް އުނގަންނަވައިދެއްވުމުގައި އިސްލާމީ އަދި އިންސާނީ އެންމެ ރިވެތި އުސޫލުތައް އުންގަންނަވައިދެއްވުމަށް މި މުދައްރިސުން އަހުލުވެރި ކުރުވުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.