ސްޕެޝަލް ރޮސްޕޮންސް ޔުނިޓްގައި މަސައްކަތްކުރާ ފުލުހުންނަށް ޓްރެއިނިންގ އެކްސަސައިޒެއް ކުރިއަށް ގެންގޮސްފި

ފުލުހުންގެ ސްޕްޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ސްޕެޝަލް ރެސްޕޮންސް ޔުނިޓްގައި މަސައްކަތްކުރާ ފުލުހުންނަށް ހާއްސަ ޓްރެއިނިންގ އެކްސަސައިޒެއް ކުރިއަށް ގެންގޮސްފިއެވެ.

މި ހާއްސަ ޓްރެއިނިންގ އެކްސަސައިޒްއަކީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ކަންކަންތަކުގެ ތެރެއިން އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކޮށް ދިމާވެދާނެ ހާލަތަކަށް ޓެކްޓިކަލް ސަޕޯޓް ދެވޭނެ ޓީމުތައް އަބަދުވެސް ތައްޔާރީ ހާލާތުގައި ބޭތިއްބުމުގެ ގޮތުންނާއި ސްޕެޝަލް ރެސްޕޮންސް ޔުނިޓާ ހަވާލުކުރެވިފައިވާ މަސްޢޫލިއްޔަތު އަދާކުރުމަށް އޮޕަރޭޝަނަލީ ޤާބިލް އަދި ފުލުހުން ތައްޔާރުވެފައިވާ މިންވަރު ބެލުމުގެ ގޮތުން މިއަހަރު ކުރިއަށް ގެންދިޔަ މިފަދަ ފުރަތަމަ އެކްސަސައިޒެވެ.

އިޝްތިހާރު Below Header ad

ސްޕެޝަލް ރެސްޕޮންސް ޔުނިޓްގައި މަސައްކަތްކުރާ ފުލުހުންނަކީ ޔުނިޓުގެ މެންޑޭޓް ފުރިހަމައަށް އަދާކުރުމުގެ ހުނަރާއި ގާބިލްކަން ހުރި، އަމަލީ މައިދާނުގައި ދިމާވެދާނެ ކޮންމެ ހާލަތަކަށް އަބަދުވެސް ތައްޔާރީހާލަތުގައި ތިބުމާއި ދިމާވެދާނެ ހާލަތްތަކަށް  އަހުލުވެރިކުރުމުގެ އިތުރުން އޮޕަރޭޝަނަލީ ހުރިހާ ޓީމެއް ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމުގެ މަޤުޞަދުގައި ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު މި އެކްސަސައިޒްގައި ކުރިއަށް ގެންގޮސްފައިވަނީ ދިމާވެދާނެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ސިނާރިއޯތަކެއް ތައްޔާރުކޮށް އެކިއެކި ޓީމުތަކަށް ބަހާލައިގެން ވަކި ޓާސްކުތަކެއް ހަވާލުކުރެވިގެން އެ އެބަޔަކާއި ހަވާލުކުރެވޭ ޓާސްކުތައް ފުރިހަމަކުރާ ގޮތަށެވެ.

މި ޓްރެއިނިންގ އެކްސަސައިޒް ކުރިއަށްދިޔަ ގޮތް ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަމްދޫ ރަޝީދުވަނީ ބައްލަވާލައްވާފައެވެ. މި އެކްސަސައިޒް ކުރިއަށްދިޔަ ގޮތް ބައްލަވާލެއްވުމަށްފަހު ބައިވެރިންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ސްޕެޝަލިސްޓް ރެސްޕޮންސް ޔުނިޓަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެންމެ އެލީޓް ޓީމު ކަމަށާއި އެހެންކަމުން ދިމާވާ ހާލަތްތަކުގައި ބޭނުންކުރާނެ އެންމެ ފަހު ވަސީލަތަކީ ސްޕެޝަލް ރެސްޕޮންސް ޔުނިޓްކަން ފާހަގަކުރެއްވިއެވެ.

sru

ސްޕެޝަލް ރެސްޕޮންސް ޔުނިޓްގެ ތަމްރީނުތައް ކުރިއަށް ގެންދެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަމްދޫން ރަޝީދު ވަނީ ކުރިން ރާއްޖޭގައި ހިނގާފައި ހުރި ހާދިސާތަކަށް ބަލާލައި އެކްސަސައިޒްތަކެއްގެ ގޮތުގައާއި މައްސަލަތައް ދިރާސާ ކުރުމަށްފަހު މަސައްކަތާއި ގުޅޭ އިތުރު ތަމްރީނުތައް ކުރިއަށް ގެންދަންޖެހޭކަން ފާހަގަކުރައްވާފައެވެ.

އަދި ރާއްޖޭގެ މާހައުލުގައި ހިނގާ ކަންތައްތަކަށް އެންމެ އެކަށޭނެ ގޮތުގައި ރެސްޕޮންސް ކުރުމުގެ ޤާބިލްކަން ސްޕެޝަލް ރެސްޕޮންސް ޔުނިޓްގައި މަސައްކަތްކުރާ ފުލުހުންނަށް ލިބިފައި ހުންނަންޖެހޭކަން ފާހަގަކުރައްވައި މިފަދަ ޓްރެއިނިންގ އެކްސަސައިޒްތައް ކުރިއަށް އޮތްތަނުގައިވެސް ކުރިއަށް ގެންދަންޖެހޭކަމަށް ވިދާޅުވިއެވެ.

ސްޕެޝަލިސްޓް ރެސްޕޮންސް ޔުނިޓްގެ ފަރާތުން ކުރިއަށް ގެންދިޔަ މި ޓްރެއިނިންގ އެކްސަސައިޒް ކުރިއަށްދިޔަ ގޮތް ބަލާލުމަށް ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމެންޓްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.