އަލް ޢަސްރު ޕަބްލިކޭޝަނުން ކިޔަވާ ކުދިންނަށް ހަދިޔާއެއް
އަލް ޢަސްރު ޕަބްލިކޭޝަންސް އަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ސައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤްސަަދުގައި އެކުލަވާ ލައިފާވާ މުއައްސަސާއެކެވެ.
ދީނާއި ގުޅުންހުރި ފައިދާ ކުރުވަނިވި ލިޔެކިޔުންތައް ޗާޕް ކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ދަނީ މި މުއައްސަސާއިން ކުރަމުންނެވެ.
އަލް ޢަސްރު ޕަބްލިކޭޝަންސްގެ އެޑިޓަރ މައުލޫމާތު ދެއްވި ގޮތުގައި މުޖުތަމަޢަށް ފައިދާ ކުރާނެ ފަދަ މުހިންމު މަޢުލޫއަކަށް ލީފްލެޓް ތައްޔާރުކުރަމުން އެބޭފުޅުން ގެންދަވައެވެ. އެގޮތުން މި ޖަނަވަރީ މަހު ސްކޫލް ތަކުގައި ކިޔަވާ ކުދިންނަށް ޙާއްސަަކޮށްގެން ލީފްލެޓް އެއް ތައްޔާރުކޮށް ނެރެފައި ވާނޭ ކަމަށް ވިދާޅުވިއެވެ.
މި ލީފްލެޓްގައި ކިޔަވާކުދިންނަށް ޙާއްސަ ނަސޭހަތްތަކާއި، ކިޔެވުމަށް ބޭނުންކުރާނެ ބައެއް އުކުޅުތައް (ސްޓަޑީ ޓިޕްސް) އަދި ކިޔެވުމާ ގުޅޭ ސައްހަ ދުޢާތައް ހިމަނުއްވާފައިވެއެވެ. މި ލީފްލެޓް ލިޔުއްވާފައިވާ ވަނީ އައްޝެއިހް މުހައްމަދު ޝާފިޢު އެވެ.
މި ލީފްލެޓް އަދި އަލް ޢަސްރު ޕަބްލިކޭޝަންސްގެ ފަރާތުން ނެރެފައިވާ ފޮތްތަކާއި ލީފްލެޓްތަކުގެ މައުލޫމާތު ހޯއްދެވުމަށް 7925277 އަށް ގުޅުއްވުމުން އެ މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ތިޔަ ލީފް ލެޓްތައް ޑައުންލޯޑްކުރެވެނެ ގޮތެއް ހައްދަވައި ދެއްވާނެ ނަމަ ކިތައްމެހާވެސް ހެޔޮފުޅު
https://www.atollnews.com ge faraathun thiyakan kurumah asl asru ga edhumun bunee adhi eyge soft aammu nukuraaa kamah.. ehen v ma aamu kureema in shaa allah mi site in libeyne.
thnx