އަލް ޢަސްރު ޕަބްލިކޭޝަނުން ކިޔަވާ ކުދިންނަށް ހަދިޔާއެއް

އަލް ޢަސްރު ޕަބްލިކޭޝަންސް އަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ސައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤްސަަދުގައި އެކުލަވާ ލައިފާވާ މުއައްސަސާއެކެވެ.

ދީނާއި ގުޅުންހުރި ފައިދާ ކުރުވަނިވި ލިޔެކިޔުންތައް ޗާޕް ކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ދަނީ މި މުއައްސަސާއިން ކުރަމުންނެވެ.

އިޝްތިހާރު Below Header ad

އަލް ޢަސްރު ޕަބްލިކޭޝަންސްގެ އެޑިޓަރ މައުލޫމާތު ދެއްވި ގޮތުގައި  މުޖުތަމަޢަށް ފައިދާ ކުރާނެ ފަދަ މުހިންމު މަޢުލޫއަކަށް ލީފްލެޓް ތައްޔާރުކުރަމުން އެބޭފުޅުން ގެންދަވައެވެ. އެގޮތުން މި ޖަނަވަރީ މަހު ސްކޫލް ތަކުގައި ކިޔަވާ ކުދިންނަށް ޙާއްސަަކޮށްގެން ލީފްލެޓް އެއް ތައްޔާރުކޮށް ނެރެފައި ވާނޭ ކަމަށް ވިދާޅުވިއެވެ.

މި ލީފްލެޓްގައި ކިޔަވާކުދިންނަށް ޙާއްސަ ނަސޭހަތްތަކާއި، ކިޔެވުމަށް ބޭނުންކުރާނެ ބައެއް އުކުޅުތައް (ސްޓަޑީ ޓިޕްސް) އަދި ކިޔެވުމާ ގުޅޭ ސައްހަ ދުޢާތައް ހިމަނުއްވާފައިވެއެވެ. މި ލީފްލެޓް ލިޔުއްވާފައިވާ ވަނީ އައްޝެއިހް މުހައްމަދު ޝާފިޢު އެވެ.

މި ލީފްލެޓް އަދި އަލް ޢަސްރު ޕަބްލިކޭޝަންސްގެ ފަރާތުން ނެރެފައިވާ ފޮތްތަކާއި ލީފްލެޓްތަކުގެ މައުލޫމާތު ހޯއްދެވުމަށް 7925277 އަށް ގުޅުއްވުމުން އެ މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 2 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.