ފައިބެއަހަރު ހިމެނޭގޮތަށް މިއަހަރުގެ މިހާތަނަށް ޑެންގީގެ އެއްހާހަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފި

ފައިބެއަހަރު ހިމެނޭގޮތަށް މިއަހަރުގެ މިހާތަނަށް ޑެންގީގެ އެއްހާހަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިންބުނީ ފައިބެއަހަރު ހިމެނޭ ގޮތަށް މިއަހަރުގެ މިހާތަނަށް ޑެންގީ ޖެހިގެން 1962 ކޭސް އެއް ރިޕޯޓްކޮށްފައިވާ ކަމަށާއި އެއީ 2015 ވަނަ އަހަރާއި އަޅާ ބަލާއިރު ހަތަރު ޕަސެންޓް އިތުރު ޢަދަދެއް ކަމަށެވެ.

އިޝްތިހާރު Below Header ad

އެހެންކަމުން މިދުވަސްވަރު ޑެންގީ ޖެހޭ މިންވަރު އާދަޔާ ޚިލާފަށް އިތުރުވަމުން ދާތީ، އެކަމަށް ސަމާލުވުމަށްވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ފެންހަރުލާ ގޮތަށް ގޯތި ތެރޭގައި ހުންނަ ތަކެތި ނަގާ ސާފު ކުރުމަށާއި ޑެންގީން ރައްކާތެރިވުމަށް އިރުޝާދު ދިނުމާއި ތަންތަން ބަލައި ފާސްކުރުމަށް އެ އެޖެންސީން ރަށް ރަށުގައި ހަރަކާތްތެރިވާނެ ކަމަށާއި ރަށު ފެންވަރުގަ އާއި އަތޮޅު ފެންވަރުގައިވެސް ޑެންގީ ހުމުން ރައްކާތެރިވުމަށް ކަންކަން ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން އެޗްޕީއޭ އިންވަނީ ގިނަ ގިނައިން ދިޔާތަކެތި ބޭނުން ކުރުމަށާއި ޑެންގީ ހުން ޖެހުމުން އަރާމު ކުރުމަށާއި ޕެރެސެޓަމޯލް ފިޔަވާ އެހެން ބޭހެއް ބޭނުން ނުކުރުމަށާއި ތިން ދުވަހަށް ވުރެ ގިނައިން ހުން އަންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށްވެސް އިލްތިމާސް ކޮށްފައެވެ.

ޑެންގީ ހުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި މަގުމައްޗާ ގޯތި ތެރެ އަދި ވައިގޮޅި ފަދަ ތަންތަނަށް ކުނި ނޭޅުމާއި ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން ބޭނުން ކުރުމާއި ގެއަށް މަދިރި ނުވަދެވޭ ގޮތަށް އިރުއޮއްސޭއިރު އަދި އިރު އަރާ ވަގުތު ދޮރުތައް ލެއްޕުން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.