ދަރުމަވަންތަ ސްކޫލްގެ ދަރިވަރުންނަށް ފުލުހުންގެ ޚާއްޞަ ސެސަނެއް ނަގައިފި

ދަރުމަވަންތަ ސްކޫލްގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ނަފްސުގެ ރައްކާތެރިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީ ހޭލުންތެރިކުރުމަށް ސެޝަނެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރިއަށް ގެންގޮސްފިއެވެ.

މިޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ދަރުމަވަންތަ ސްކޫލްގެ އެދުމަކަށް ފުލުހުން ކުރިއަށް ގެންދިޔަ މި ސެޝަންގައި ނަފްސުގެ ރައްކާތެރި ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގޭތެރޭގައި މާހައުލުގައި ނަފްސު ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމާއި މަގުތީގައި ހިނގާބިގާ އުޅޭއުޅުމުގައި މަގުމަތީގެ ރައްކާތެރިކަމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައެވެ.

އިޝްތިހާރު Below Header ad

މި ސެޝަންގައި ދަރުމަވަންތަ ސްކޫލްގެ ގްރޭޑް 3ގައި ތަޢުލީމު ޙާސިލްކުރަމުންދާ ގިނަ ޢަދަދެއްގެ ދަރިވަރުން ބައިވެރިވެފައިވާއިރު މި ސެޝަންގައި މަޢުލޫމާތު ދީފައިވަނީ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ޕޮލިސް ލާންސް ކޯޕްރަލް މުޙައްމަދު އީސާ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.