ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރައްވައިފި

 

އެމެރިކާގެ 45 ވަނަ ރައީސްގެ ގޮތުގައި ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ހުވާ ދާދި ދެންމެއަކު ކުރައްވައިފި އެވެ.

އިޝްތިހާރު Below Header ad

ޑޮނަލްޑް ޓްރަމްޕް ރައީސްކަމުގެ ހުވާ ކުރެއްވީ ވޮޝިންޓަންގައި ހުންނަ ކޮންގްރެސް އިމާރާތުގެ ހުޅަނގު މައިދާނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

ޓްރަމްޕަށް ރައީސްކަމުގެ ހުވާ ލައިދެއްވީ އެމެރިކާގެ ޗީފް ޖަސްޓިސް ކަމުގައި ހުންނެވި ޖޯން ރޮބަރޓްސް އެވެ.

ޑޮނަލްޑް ޓްރަމްޕް ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ކުޑައިރުކޮޅެއް ކުރިން ޓްރަމްޕްގެ ރަނިންމޭޓް މައިކް ޕެންސް ވަނީ ނާއިބް ރައީސްކަމުގެ ހުވާ ވެސް އެރަސްމިއްޔާތުގައި ކުރައްވާފަ އެވެ.

ޑޮނަލްޑް ޓްރަމްޕް ރައީސްކަމުގެ ހުވާ ކުރެއްވުމާއެކު އެ މައިދާނުގައި އެމެރިކާގެ ގައުމީ ސަލާމް ވަނީ ކުޅެވިފަ އެވެ. އަދި އޭގެފަހުން ޓްރަމްޕް ވަނީ ގައުމާ މުޚާތަބު ކުރައްވާ ތަގްރީރު ވެސް ކުރައްވާފައެވެ.

ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގައި އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރ، ކުރީގެ ފަސްޓް ލޭޑީ ރޮސަލީން ކާޓަރ، ކުރީގެ ރައީސް ޖޯޖް ޑަބްލިޔޫ ބުޝްއާއި، ކުރީގެ ފަސްޓް ލޭޑީ ލައުރާ ބުޝް، ކުރީގެ ރައީސް ބިލް ކްލިންޓަންއާއި ކުރީގެ ފަސްޓް ލޭޑީ ހިލަރީ ކްލިންޓަން އަދި ދައުރު ހަމަވި ރައީސް ބަރަކް އޮބާމާއާއި ފަސްޓް ލޭޑީ ޝޭލް އޮބާމާވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އަދި އެމެރިކާއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް އިއްޒަތްތެރީންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް އެޗް ޑަބްލިޔޫ ބުޝްއާއި، އަނބިކަނބަލުން ކުރީގެ ފަސްޓް ލޭޑީ ބާބަރާ ބުޝް މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ.

ޓްރަމްޕް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ހިނގަމުންދާ ނޭޝަނަލް މޯލް މައިދާނަށް 800،000 އަށް ވުރެ ގިނަމީހުން ޖަމާވެފައިވެއެވެ.

ޓްރަމްޕް ރައީސްކަމުގެ ހުވާ ކުރެއްވިއިރު މުޅި ސަރައްދުގައި އޮތީ ސަލާމަތީ ފިޔަވަޅު ވަރުގަދަ ކޮށްފައެވެ. އެހެން ނަމަވެސް ރަސްމިއްޔާތު ހިނގަމުންދާ ސަރަހައްދުގެ ވަށައިގެން ޓްރަމްޕާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއްވެސް މިހާރުވެސް ހިނގަމުން އެބަދެއެވެ. މުޒާހަރާ ކުރަމުންދާ ބައެއް މީހުންވަނީ، ޓްރަމްޕްގެ ސަޕޯޓަރުން އެ ސަރަހައްދަށް ވަނުމަށްވެސް ހުރަސް އަޅާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.