ވޭމަންޑޫ ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ކޮޅުމަޑުލު (ތ. އަތޮޅު) ވޭމަންޑޫ ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ސާފުވެށި، ސާފުވޭމަންޑޫ މިޝިޢާރުގެ ދަށުން މިއަދު ހެނދުނު ފެށި މި ޕްރޮގްރާމަކީ އެރަށުގައި ދާއިމީކޮށް ކުނި މެނޭޖުކުރަން ފެށުމުގެ ގޮތުންނާއި ސާފުތާހިރު ރަށެއްގެ ގޮތުގައި ބޭއްވުމަށް ފެށި ޕްރޮގްރާމެކެވެ.
އެޓޯލްނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ކައުންސިލުގެ ނާއިބު ރައީސް އަޙްމަދު އާމިރު ވިދާޅުވީ ވޭމަންޑޫއަކީ އަބަދުވެސް ސާފުތާހިރު ރަށެއް ކަމަށާއި ނަމަވެސް ފަތުރުވެރިކަމުގެ ސިނާޢަތު ފުޅާވެ، ލޯކަލް ޓޫރިޒަމް ތަޢާރަފްވުމާއެކު އެރަށުގައިވެސް ގެސްޓްހައުސް ވިޔަފާރި ފުޅާވަމުން އަންނަ ކަމަށެވެ.
އަދި ފަތުރުވެރިން ރާއްޖެއަންނަނީ ކޮޓަރިތެރޭގައި ތިބެން ނޫން ކަމަށާއި ރާއްޖޭގައިވާ ދޮންވެލީގެ ތުނޑިތަކުން އުފާހޯދުމަށް ކަމަށެވެ.
” ފަތުރުވެރިން ރާއްޖެ އަންނަނީ ކޮންމެހެން އެއަރކޯން ކޮޓަރިއެއްގަ ތިބޭކަށްނޫން. އަޅުގަނޑުމެންގެ ވަށައިގެންވާ މޫދާއި ދޮންވެލި ތުނޑީގެ ރީތިކަން ތަޖުރިބާކޮށްލާ، އެ އުފާ ހޯދުމަށް އެމީހުން އަންނަނީ. އެހެންވީމަ ރަށުތެރެއާއި ގޮނޑުދޮށް ސާފުކުރުމަށް މީ އެންމެ މުނާސަބު ވަގުތުކަމަށް އަޅުގަނޑުމެންނަށް ފެންނާތީ މިއަދު ހެނދުނު ސާފުކުރުން ފެށީ ” އާމިރު ވިދާޅުވިއެވެ.
މީގެ އިތުރުން އާމިރު ވިދާޅުވީ ވޭމަންޑޫ ސާފުކުރުމުގެ ޕްރޮގްރާމަކީ ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމެއް ކަމަށާއި މިއަދު މިފެށި ޕްރޮގްރާމަށް ރައްޔިތުންގެ ފައި-އިނދޭ ފުރައިން (ހުރިހާ ޢުމުރުފުރައެއްގެ ރައްޔިތުން) މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ސާފުކުރުމުގެ އިތުރުން ރައްކާތެރި ގޮތުގައި ކުނި ނައްތާލެވޭނެ ގޮތާއިބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

image 0 02 05 fc996f9274c1955f52cb1d28c9d19a8ae55199324f34af70f3efaa83ccfa3d4d V

އިޝްތިހާރު Below Header ad

image 0 02 05 e13c28b82f27b33eabb48259609fe759147547f83c40b5820f8868e03d29af58 V

image 0 02 05 1687597c0bfe16114cf479e3254ef32bc507019654038805486d09fa542fcd2c V

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.