ޑިޕްރެޝަން އަށް އޮތް އެންމެ މޮޅު ފަރުވާ

ކީރިތި ﷲ އަހަރެމެންނަށް ކުރަން އަންގަވާފައިވާ ކޮންމެ ކަމަކާއި ނުކޮސް ދޫކޮށްލުމަށް އަންގަވާފައިވާ ކޮންމެ ކަމަކީވެސް އަހަރެމެންނަށް އެކަމަކުން ނުހަނު މަންފާ ލިބިދޭ ކަންކަމެވެ.ބަޔަކު އެކަންކަމަކީ “ކަޓު” ކަންތައް ތަކެއް ކަމަށް ދެކުނު ނަމަވެސް ސައިންސާއި ޓެކްނޮލޮޖީން ވެސް ސާބިތު ކޮށްދެމުންދާ ޙަޤީޤަތަކީ އިންސާނުންގެ ހުރިހާ ޙަޤީޤަތެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އެ އިންސާނާ ހެއްދެވި މަތިވެރި އިލާހު ކަމެވެ.

އިންސާނުން ޚަލްޤު ކުރެއްވި މަތިވެރި އިލާހު އެންމެ ލޯބިވެ ވޮޑިގަންނަވާ އަޅުކަމަކީ ނަމާދެވެ. އެ ނަމާދުގެ ތެރެއިން ވެސް އެ އިލާހު އެންމެ ލޯބިވެ ވޮޑިގަންނަވާ ދެ ޙާލަތަކީ ރުކޫޢު ކުރުމާއި ސަޖިދަ ކުރުމުގައި އިންސާނުން ވާޙާލަތެވެ. އެކަމަށް ބާރުއަޅުއްވާ އެއިލާހުގެ އެންގެވުންތައް އައިސްފައި ވާކަން ދޭހަވަނީ ” ތިޔަބައިމީހުން ރުކޫޢު ކޮށް ސަޖިދަ ކުރާ މީހުންނަ އެކުގައި ވާށެވެ” މިފަދައިން އެންގެވުމުންނެވެ.

އިޝްތިހާރު Below Header ad

ރުކޫޢު ކުރުމާއި ސަޖިދަ ކުރުމަކީ އިންސާނުންނަށް ސިއްޙީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި، ރޫޙާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ޢަދަދު ނުކުރެވޭހާ ބޮޑު މަންފާއެއް ލިބިދޭ ކަންކަން ކަމުގައި ފަހުގެ ސައިންޓިފިކް ހޯދުންތަކުން ކަށަވަރު ވެފައި ވެއެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޢިލްމުވެރިޔާ ޑރ. އަހުމަދު ސަކްރު ވިދާޅުވާ ގޮތުން ދުނިޔޭގެ އާބާދީގެ %15 އަކީ ނަފްސާނީ ބަލިމަޑުކަން ތަޙައްމަލުކުރަމުން ގެންދާ މީހުން ކަމަށް ވާއިރު، މިކަމަށް އޮތް އެންމެ މޮޅު ޙައްލަކީ ސުޖޫދެވެ.

ސަޖިދައިގެ ފައިދާ ތަކާއި ގުޅޭގޮތުން ޑރ. އަހުމަދު ބޮޑު ފޮތެއް ލިޔުއްވާފައި ވާއިރު، އެ ފޮތުގައި އޭނާ ވިދާޅުވެފައި ވަނީ ނަފްސާނީ ދުޅަހެޔޮ ކަަމަށް އޮތް އެންމެ މޮޅު ޙައްލަކީ އަދި އެންމެ މޮޅު ފަރުވާ އަކީ ސަޖިދަ ކަމަށެވެ. ސަޖިދައިގައި މީހާ އޮންނަ ޕޮޒިޝަނުގެ ސަބަބުން ހުޅުތަކާއި، މައިބަދައިގެ އިތުރުން ހިތަށްވުރެ ތިރިއަށް ސިކުނޑި އަންނަ ހަމައެކަނި ވަގުތަކީ އެވަގުތު ކަމުން ހިތުން ސިކުނޑިއަށް ލޭ ފޮނުވައިދިނުން އަވަސްވެއެވެ.

އަދި ގްރެވިޓީ ނުވަތަ ބިމަށްދަމާ ބާރުގެ ސަބަބުން މި ޕްރޮސެސް އިތުރަށް ފުރިހަމަ ވާއިރު، ސިކުނޑިއާއި، ނާރުތަކާއި، ކަށިތަކާއި ހުޅުތަކުގެ އިތުރުން މައިބަދައިގެ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮ ކަމަށް އޮތް އެންމެ މޮޅު ޙައްލަކީ ސަޖިދައެވެ.

އިތުރު މަޢުލޫމާތު ބެއްލެވުމަށް ތިރީގައިވާ ލިންކަށް ކްލިކް ކޮށްލައްވާ!

http://www.islamicbulletin.org/newsletters/issue_17/science.aspx

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.