ދުނިޔޭގެ އެންމެ ނިކަމެތިންނަށް މުސްލިމުން ވީ ކީއްވެ؟

އެއް އިރެއްގައި ދުނިޔޭގެ ސުޕަ ޕަވަރުގެ ގޮތުގައި އޮތް އިސްލާމީ ދައުލަތަކީ މިއަދު ދުނިޔޭގެ އެންމެ ނިކަމެތިން ކަމުގައިވީ ކޮންސަބަބަކާ ހުރެތޯ މިއީ ކޮންމެ މުސްލިމަކުވެސް މިއަދު އަމިއްލަ ނަފުސާ ކުރާ ސުވާލެކެވެ. މި ސުވާލަށް ދޭނެ މާ ގިނަ ޖަވާބު ތަކެއް ނެތެވެ. ދައްކަން އޮތީ ހަމަ އެއް ވާހަކަ އެކެވެ.. ދޭން އޮތީ ހަމަ އެއް ޖަވާބެކެވެ.

ކޮންމެ އަކަށް މިއދު މުސްލިމުންނަކީ ދުނިޔޭގެ އެންމެ އާރެއް ބާރެއް ނެތް ނިކަމެތިންނެވެ. މިއަދު އިސްލާމީ ޤައުމު ތަކުގެ ރައްޔިތުން ވަނީ ޔަތީމު މިސްކީނުންނަށް ވެފައެވެ. ތަންދޮރު ނުދަންނަ ޖާހިލުން ކަމުގައި ވެފައެވެ. އިސްލާމީ ޤައުމުތަކުގެ މުސްލިމު ރައްޔިތުންގެ ލެޔަކީ މިއަދު ދުނިޔޭގައި ވަލުޖަނަވާރުންގެ ލެޔަށްވުރެ އަގުދަށް އެއްޗަކަށް ވަނީ ވެފައެވެ.

އިޝްތިހާރު Below Header ad

އެހެނީ ކާފަރު އެމެރިކާނުން އަފްޣާނިސްތާނަށް ބޮން އަޅަން ފެށުމުގެ ކުރިން އޭރު އެތަނުގައި ވެރިކަމަށް ދަހިވެތިވެގެން އުޅުނު މުނާފިޤުންގެ ބަޔަކާ ގުޅިގެން އެ ޤައުމުގެ ޒޫ ތަކުގައި ތިބި ވަލުޖަނަވާރުތައް ރައްކާތެރި ހިސާބުތަކަށް ބަދަލުކުރިއެވެ. އެ މަސައްކަތް ނިމުމާއެކު ބޮން އަޅަންފެށީ ޔާރެއް އިޔާރެއް ނެތް ނިކަމެތި މުސްލިމު ރައްޔިތުންގެ ބޮލަށެވެ. އެތައްހާސް ތުއްތު ކުދިންނަކާ މުސްކުޅިންނާ އަންހެނުން ޝަހީދު ކޮށްލިއިރު ވެސް އިސްލާމީ ޤައުމުތަކުން ތިބީ އަތްޖަހާފައި ކުޅިބަލާށެވެ. ޓެރެރިސްޓެކޭ ބުނެފާނެ ކަމުގެ ބިރަށެވެ.

މިއަދު މުސްލިމު އުޚުތުންގެ ޢިއްފަތްތެރިކަން ފޭރެމުން ކާފަރުން ގެންދަނީ ފެންބޮއެފައި ވަޔެއްލައްވާލާހާ ފަސޭހައިންނެވެ. އެމީހުންނާ އެކަމާ ދެމެދު އެއްވެސް ހުރަހެއް ނެތެވެ. މުސްލިމުން މިކަމާ ކިތަންމެ ކަންބޮޑުވިޔަސް ކުރެވޭނެ ހަމަ އެއް ކަމެއްވެސް ނެތެވެ.

މުސްލިމުން މިއަދު ވެއްޓިފައިވާ ނިކަމެތި ޙާލަތަށް ވެއްޓުނީ މުސްލިމުންގެ ދެ އަތުން ކުރި ބުރަ މަސައްކަތުންނެވެ. ފުރަތަމަ ކަމަކީ ކަމަށް ޤަބިލުނޫން މުނާފިޤުން ޤައުމު ތަކުގެ ވެރިކަަމަށް އިސްކުރުމެވެ. އިސްލާމީ ގިނަ ޤައުމުތަކުގެ ވެރިންނަށް ތިބީ ﷲގެ އަޅުވެތިކަމުން ބޭރުވެ ކާފަރުންގެ އަޅުވެތިކަމުގައި ތިބި އަމިއްލަ އެދުން ބޮޑު މުނާފިޤުންނެވެ. ބައްޝާރުލް އަސަދުވެސް ދަޢުވާކުރަނީ އޭނާއަކީ މުސްލިމެއް ކަމަށެވެ. އޭނާވެސް ޝަހާދަތް ކިޔައެވެ. އޭނާއާއި މި ވެރިންނާ މާބޮޑު ތަފާތެއް އެބަހުރި ހެއްޔެވެ؟ މިއިން ކޮންމެ ބަޔެވެސް ބަލަނީ އެންމެ ގިނައިން ރައްޔިތުންގެ ލޭ ބޮވެނީ ކޮންސަރުކާރަކަށްތޯ އެވެ.

މުސްލިމުން އަމިއްލައަށް ނިކަމެތިވެފައި ވަނީ ﷲ ގެ ދީނަށް ފުރަގަސް ދިނުމުންނެވެ. މިއަދު ސައްތައިން ސައްތަ އިސްލާމީ ޤައުމުތަކުގައި ވެސް ފުރިހަމައަށް ﷲ ގެ ދީނަށް ތަބާވާ މުސްލިމު ރައްޔިތަކު ނޫޅެއެވެ. ހެދުން އެޅުމާއި ޢާއްމު ދިރިއުޅުމުގެ ވައްޓަފާޅިއަށް ބެލިޔަސް މުސްލިމުންނަށްވުރެ ބޮޑަށް ވައްތަރީ ކާފަރުންނާ އެވެ. ﷲގެ ފޮތަށް ފުރަގަސްދީފައިވާ މި ޤައުމު ތަކުގައި ﷲގެ ޙުކުމްފުޅު ޤާއިމު ނުކުރެއެވެ. ޤުުރުއާނުގައި އަންގަފާފައިވާ ޙުކުމްފުޅުތައް ދެކޮޅުހަދައި އެއަށްވުރެ މާ މޮޅު ކަމަށްބުނާ ޤާނޫނުތައް ހަދަމުން ގެންދާއިރު، މާދަމާ ﷲގެ ދަރުބާރުގައި މިވެރިން ނިކަމެތި ކުރައްވާށިއެވެ!

މިއަދު މުޅި އިސްލާމީ ދުނިޔެއަށް ބަލާލި ކަމުގައި ވިޔަސް ފެންނަން މިއޮތީ، އެތައް ޒަމާންތަކެއް ނުވަތަ އަހަރުތަކެއް ވަންދެން، މުސްލިމުން އެމީހުންގެ މައްޗަށް ބާއްވާލާފައިވާ ޝަރީޢަތް ދޫކޮށް އަމިއްލަ ގޮތްތައް ޚިޔާރުކުރުމުގެ ސަބަބުން އަޅުގަނޑުމެން މުސްލިމުން ނިކަމެތި ބަލިކަށި ބައެއްގެ ގޮތުގައި ވެފައި ވަނިކޮށެވެ. އާރެއް ބާރެއް ނެތް އަމިއްލަ މިނިވަންކަން ގެއްލިފައިވާ، ކާފަރު ދައުލަތްތަކަށް އަޅުވެތިވެފައިވާ ބައެއްގެ ގޮތުގައި ވެފައިވާތަނެވެ.

މުސްލިމުން އިސްލާމް ދީނަށް އެނބުރި ރުޖޫޢަވާނީ ކޮން އިރަކުތޯއެވެ؟ މިއުއްމަތުގެ އެންމެ ޢަދުލުވެރި އެއް ބޭކަލަކު ކަމުގައިވާ ޚަލީފާ عُمَرُ الفاروق، އާދެ عُمَرُ بُنُ الْخَطَّابُ رضي الله عنه ވިދާޅުވެފައިވާ މިބަސްފުޅަކީ މިއުއްމަތުގެ އަމީން، أَبُو عُبَيْدَة بُنُ الْجَرَّاحُ رضي الله عنه، ޝާމްކަރައަށް ދަތުރުފުޅު ކުރެއްވި ވަޤުތު عُمَرُ بُنُ الْخَطَّابُ رضي الله عنه އެކަލޭގެފާނަށް ވިދާޅުވި ބަސްފުޅެކެވެ.

“إِنَّا كُنَّا أَذِلَّ قَوْمٍ فَأَعَزَّنَا اللهُ بِالإِسْلاَمِ فَمَهْمَا نَطْلُبُ الْعِزَّ بِغَيْرِ مَا أَعَزَّنَا اللهُ بِهِ أَذَلَّنَا اللهُ ” وَ فِى رِوَايِةٍ “إِنَّا قَوْمٌ أَعَزَّنَا اللهُ بِالإِسْلاَمِ فَلَنْ نَبْتَغِى العِزَّ بِغَيْرِه” (أَخْرَجَهُ الحَاكمْ وصححه الألباني).

މާނައީ: “އިރެއްގައި އަހުރެމެންނަކީ އެންމެ ނިކަމެތި މީހުން ކަމުގައި ވީމެވެ. ދެންފަހެ، އިސްލާމްދީނުގެ ސަބަބުން ﷲ އަހުރެމެން ޢިއްޒަތްތެރި ކުރެއްވިއެވެ. ދަންނައެވެ. ﷲ ތަޢާލާ ޢިއްޒަތްތެރި ކުރެއްވި ކަންތައް ނޫން ކަމަކުން އަހުރެމެން ޢިއްޒަތް އެދެފިނަމަ، ﷲ އަހުރެމެން ނިކަމެތި ކުރައްވާނެއެވެ.” އަދި އެހެން ރިޥާޔަތެއްގައި ވެއެވެ. “އަހުރެމެންނަކީ އިސްލާމްދީނުގެ ސަބަބުން، ﷲ ތަޢާލާ ޢިއްޒަތްތެރި ކުރެއްވި ބައެކެވެ. ފަހެ ހަމަ އެފަރާތުން މެނުވީ އަހުރެމެން ޢިއްޒަތްތެރިކަން ނޭދޭ ހުށީމެވެ.” މިއެވެ.

ހަމަކަށަވަރުން عُمَرُ رضي الله عنه އެވިދާޅުވި ބަސްފުޅުގައި އެވަނީ ހަމަ ތެދުފުޅެވެ. އެހެނީ، އިސްލާމުން ﷲގެ ޢިއްޒަތްވަންތަކަމުން ޢިއްޒަތްތެރިކަން ހޯދައިގެން އުޅުނު އިރު އެމީހުންވީ މުޅި ދުނިޔޭގައި ތިބި އެންމެ ޢިއްޒަތްތެރިން ކަމުގައެވެ. އަދި އެހެނިހެން މީސްތަކުންވެސް އެބައިމީހުންނަށް (ޔަޢްނީ އިސްލާމުންނަށް) މާތްކޮށް ހިތިއެވެ. ބޮޑެތި ޖައްބާރުން އެބައިމީހުންނަށް ބޯލަނބައި ކިޔަމަންތެރި ވެއެވެ. ދެން ފަހެ އިސްލާމުން ތިމާމެންގެ ޢަދާޥާތްތެރިންނަށް އިތުބާރުކޮށް އެމީހުންގެ އާދަކާދަތަކާއި އަދި އެމީހުންގެ ތަޤްލީދް ތަކަށް އެދި، އަދި އެކަންކަން ރީތިވީ ހިނދުން ނިކަމެތިވީއެވެ. ތިމާމެންގެ މައްޗަށް އެހެންމީހުން އިހާނާތް ވާން ފެށީއެވެ. އެއްވެސް މީހަކަށް އިންކާރު ނުކުރެވޭ ހިސާބަށް މިއަދު މިއޮތީ އެކަން ގޮސްފައެވެ.[1]

ކޮންމެއަކަސް މިފަދަ އަނދިރި ހިތްދަތި ވަޤުތެއްގައި އަޅުގަނޑުމެން އިސްލާމީ އުންމަތް ހޭދަކުރަމުން ދާއިރު، އަނެއްކާވެސް އުއްމަތަށް މިވަނީ ޢުމަރުލް ފާރޫޤެއްގެ ބޭނުން ޖެހިފައެވެ. މިކަން ޙާޞިލުވާނީ އަޅުގަނޑުމެންގެ ޢަމަލުތައް އިސްލާޙުކޮށް ﷲގެ ދީނަށް ރުޖޫޢަވެގެންނެވެ. ﷲގެ ޙުކުމްފުޅުތައް ޤާއިމު ކޮށްގެންނެވެ. ކުތިބަ ޢަލައިކުމުއް ޞިޔާމު ޤަބޫލުކޮށްގެން ރޯދަ ހިފާ ފަދައިން ކުތިބަ ޢަލައިކުމުލް ޤިސޯސް އާއި ކުތިބަ ޢަލައިކުމުލް ޤިތާލުފަދަ ޙުކުމްތަކަށް ފުރިހަމައަށް ބޯ ލަނބައިގެންނެވެ.

ރުން އަނެއްކާވެސް ސޮލާޙުއްދީނުލް އައްޔޫބީއެއް އިސްލާމީ ދައުލަތަކުން ފާޅުވެ ޤަތުލުވަމުންދާ މުސްލިމު ކުޑަކުދިން ސަލާމަތް ކޮށްދޭނެއެވެ. ޢިއްފަތްތެރިކަން ފޭރެވެމުންދާ ނިކަމެތި މުސްލިމު އަނބިންނާ އުޚުތުންނަށް ލިބުނު ހިތާމައިގެ ބަދަލު ނަގައިދޭނެއެވެ. އުއްމަތުގެ އެއްބައިވަންތަކަން އަލުން ހޯދައިދީ ކާފަރުން އެމީހުންގެ ސައިޒަށް ތިރިކުރާނެ އިސްލާމީ ލޭ ހިނގާ މުއުމިނު ޒުވާނަކަށް މިއަދު އުއްމަތުގެ ރުއިމާއި ވޭނީ ކެކުޅުމުގެ އަޑު އިވޭނީ ސޯލިޙު ރަނގަޅު ތެދުވެރި މުއުމިނު ރައްޔިތެއްގެ ތެރެއިންކަން ކަށަވަރުވެ ޔަޤީންވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.