ނޭޕާލް ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރ ޓީސީއަށް ކުޅެން އެއްބަސްވެއްޖެ.

ނޭޕާލް ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރ ކިރަން ޗެމްޖޮންގް އަންނަ ސީޒަންގައި ޓީސީއަށް ކުޅުމަށް އެއްބަސްވެއްޖެއެވެ.

ނޭޕާލްގެ ގައުމީޓީމުގެ އެއްނަމްބަރ ގޯލް ކިރަން ޗެމްޖޮންގާއި ޓީސީއާއި ދެމެދު މިހާރު ވަނީ މަސްވަރާތަށް ކުރެވި އެއްބަސްވުމަކާ ހަމައަށް އާދެވިފައެވެ.

އިޝްތިހާރު Below Header ad

އެގޮތުން މިހާރު އޭނާގެ ޓްރާންސްފާގެ ކަންކަން ނިންނުމުމަށް ޓީސީން ދަނީ މަސައްކަތް ކުރަމުންނެވެ.

ނޭޕާލްގެ ގައުމީޓީމުގެ ކީޕަރު ކިރަންވަނީ ގިނަ މުބާރާތްތަކެއްގައި ގައުމީޓީމަށް ކުޅެ މޮޅުކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ ވަނީ  2012 ވަނަ އަހަރު ބޭއްވުނު  ނެހުރޫ ކަޕާއި 2013 ވަނަ އަހަރު ބޭއްވުނު ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ނޭޕާލްގެ ޓީމުގައި ރަނގަޅުކުޅުމެއް ދައްކާފައެވެ.

6 ފޫޓް 6 އިންޗި އިސްކޮޅުގައި ހުންނަ ކިރަން ވަނީ ނޭޕާލްގެ ގައުމީޓީމަށް މިހާތަނަށް ޖުމްލަ 43 މެޗު ކުޅެދީފައެވެ.

ނޭޕާލުގެ ގައުމީޓީމުގެ ގޯލްކީޕަރު ޓީސީއަށް ބަދަލުވުމަށް އެއްބަސްވެފައިވާއިރު މިދިޔަ ސީޒަނުގައި އެޓީމުގައި މޮޅުކުޅުމެއް ދެއްކި ސެންޓޭ އަދި ޑިފެންޑަރ ލިލީ ވަނީ ނިއުއަށް ސޮއިކޮށްފައެވެ.

އެހެން ކަމުން އެކުލަބުން މިހާރު މަސައްކަތް ކުރަމުންގެންދަނީ އޭގެ ބަދަލުގައި މޮޅެތި އިތުރު ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.