ގާފަރު ކައިރީ އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑާއި އެފްއާރުއެސްއިން ހަރަކާތްތެރިވެއްޖެ

ކ.ގާފަރު ކައިރީ އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑާއި އެފްއާރުއެސްއިން ހަރަކާތްތެރިވެއްޖެއެވެ.

މިހާދިސާގެ މަޢުލޫމާތު މިއަދު ގާތްގަނޑަކަށް 09:27 ހާއިރު ލިބުމާއެކު ފަޔަރމަނުންގެ ޓީމަކާއެކު ކޯސްޓްގާޑުގެ ލޯންޗެއްވަނީ ދޯނި އޮތް ސަރަޙައްދަށް ގޮސްފައެވެ.

އިޝްތިހާރު Below Header ad

ގާފަރުގެ އިރުމަތިން އޮންނަ ބޮއެއް ކައިރީ މަސްވެރިކަން ކުރަން އޮއްވައި ރޯވެފައިވަނީ 63 ފޫޓުގެ “ކުރަނގި” ނަމަކަށް ކިޔާ ކަންނެލި މަސްވެރިކަން ކުރާ ދޯންޏެއްގައެވެ. މިހާދިސާ ހިނގުމާއެކު ދޯނީގައި ތިބި ހުރިހާ މީހުން ވަނީ އެސަރަޙައްދުން ދަތުރުކުރި “ނަސްރު 7” ދޯންޏަށް ނަގާފައެވެ.

މިދޯނީގެ ގެގަނޑުގައި ރޯވި އަލިފާން ނިއްވާލާފައިވަނީ “ކުރަނގި” ދޯނީގައި ތިބި ފަޅުވެރިން، ޕަމްޕު ބޭނުންކޮށްގެން ފެން ޖަހައިގެންނެވެ. މި ދޯނީގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރުގައި އަލިފާން ރޯވުމުގެ ސަބަބުން ކަމަށް ކުރަނގި ދޯނިން މަޢުލޫމާތު ދީފައިވެއެވެ.

މިހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު އެހެން ދޯންޏެއްގައި ކަފު ޖަހައިގެން “ކުރަނގި” ދޯނި ގާފަރަށް ވެއްދުމަށް މިހާރު ދަތުރުކުރަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ.

އަދި މި ހާދިސާ ހިނގި ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗެއް ފަޔަރމަނުންގެ ޓީމަކާއެކު ދަނީ ހަރަކާތްތެރިވަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.