އިބްލީސް ސުވަރުގެ އައް ވަދެގަތީ ކިހިނެއް؟

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

މީސްތަކުން މިކަމުގައި ތަފާތު ގޮތްގޮތަށް ވާހަކަ ދައްކަވާ ހައްދަވައެވެ. ﷲ ތަޢާލާ އިރާދަ ކުރައްވާފައިވާ ގޮތަކަށް އިބްލީސްވަނީ އާދަމް ޢަލައިހިއްސަލާމް އަށް ވަސްވާސްދީފައެވެ. އަދި އިބްލީހުގެ ވަސްވާހުގައި ޖެހިގެން އާދަމް އާއި ޙައްވާ އެބޭފުޅުންނަށް މަނާ ކުރެވިފައިވާ ގަހުން ފަރީއްކުޅުއްވިއެވެ. އެއަށްފަހު އެދެބޭކަލުން ބިމަށް ފޮނުއްވުނެވެ. އަދި އިބްލީސްވެސް ބިމަށް ފޮނުއްވުނެވެ. ސޫރަތުލް ބަގަރާގެ 36 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَقُلْنَا اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ) މާނައަކީ: ” އަދި ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާ عداوة ތެރިން ކަމުގައިވާ حال، ތިޔަބައިމީހުން (ބިމަށް) ފައިބާށެވެ!”

އިޝްތިހާރު Below Header ad

އެބޭކަލުން ބިމަށް ފޮނުއްވުނު ސަބަބެއް ކަމުގައިވަނީ ﷲ ތަޢާލާގެ އަމުރުފުޅަށް އިބްލީސް އުރެދި އާދަމް ޢަލައިހިއްސަލާމް އަށް ސަޖިދަ ކުރުމަށް ބޮޑާވެގަތުމާއި، އަދި މަނާކުރެއްވިފައިވާ ގަހުން އާދަމް އަދި ޙައްވާ ޢަލައިހިމައްސަލާމް ފަރިއްކުޅުއްވުމުންނެވެ.

އާދަމް އާއި ޙައްވާ ޢަލައިހިމައްސަލާމް އަށް އިބްލީސް ވަސްވާސް ދިނީ ކޮންގޮތަކަށްތޯ އެއީ ﷲ މޮޅަށް ދެނެވޮޑިގެންވާ ކަމެކެވެ. ﷲ އަށް އުރެދުނު މީހުން ސުވަރުގެ އަށް ވަނުން މަނާ ކުރައްވާފައިވަނީ މީސްތަކުން މަޙްޝަރު ކުރެއްވުމަށްފަހުގައެވެ. މިހާރަކު ނޫނެވެ. އިބްލީސް އަށް ސުވަރުގެ އަށް ވަދެ އެބޭކަލުންނަށް ވަސްވާސް ނުދެވޭނެ ކަމުގެ އެއްވެސް ދަލީލެއް ނެތެވެ. ކާފިރުންނަށް ސުވަރުގެ ޙަރާމް ކުރައްވާފައިވަނީ ގިޔާމަތް ދުވަހުންނެވެ.

ކޮންމެ އަކަސް ކޮންމެވެސް ވަސީލަތަކުން އިބްލީސްވަނީ އާދަމް އާއި ޙައްވާ ޢަލައިހިމައްސަލާމް އަށް ވަސްވާސްދީ އެދެބޭކަލުން މަގުފުރައްދަވާފައެވެ. އެއަށްފަހުގައި ﷲ ވަނީ އެދެބޭކަލުންގެ ތައުބާ ގަބޫލު ކުރައްވާފައެވެ. ސޫރަތުލް ބަގަރާގެ 37 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَتَلَقَّىٰ آدَمُ مِن رَّ‌بِّهِ كَلِمَاتٍ فَتَابَ عَلَيْهِ ۚ إِنَّهُ هُوَ التَّوَّابُ الرَّ‌حِيمُ) މާނައަކީ: ” ފަހެ، آدم ގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން كلمة ފުޅުތަކެއް ބާވައިގަންނަވައި (އެ كلمة ފުޅުތައް ވިދާޅުވެ، توبة ވެވަޑައިގަތުމުން) ފަހެ، އެކަލާނގެ އެކަލޭގެފާނުގެ މައްޗަށް توبة ލައްވައިފިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ.” والله أعلم.

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.