މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންފޮމޭޝަން އޮފިސަރާއި ސްޕޯކްސް ޕަރސަން ކަނޑަައަޅައިފި

މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕޯކްސް ޕަރސަންގެ މަޤާމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ބޭފުޅުން ކަނޑައަޅުއްވައިފިއެވެ.

އެގޮތުން  މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް ކަނޑައަޅުއްވާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝުހާދުއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕޯކްސް ޕަރސަން މަޤާމަށް ކަނޑައަޅުއްވާފައިވަނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އާތިފްއެވެ.

އިޝްތިހާރު Below Header ad

ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން މި ދެ މަޤާމަށް މި ބޭފުޅުން އައްޔަންކޮށްފައިވަނީ މިހާރު އެބޭފުޅުން މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދާ މަސްއޫލިއްޔަތުގެ އިތުރުންނެވެ. އެގޮތުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝުހާދު މިހާރު ހުންނަވަނީ ކޮމިޝަނަރސް ޑައިރެކްޓްރޭޓްގެ ޑެޕިއުޓީ ހެޑްގެ މަޤާމުގައެވެ. އަދި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އާތިފް ހުންނަވަނީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޑައިރެކްޓްރޭޓްގެ ޑެޕިއުޓީ ހެޑްގެ މަޤާމުގައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝުހާދު ކަނޑައަޅުއްވާފައިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގައި ފަދައިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެޤާނުނުގައިވާ ގޮތުގެމަޔިން މަޢުލޫމާތު ފޯރުކޮށްދޭ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައެވެ.

މި ޤާނޫނުގެ ދަށުން ބޭނުންވާ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހޯއްދެވުމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝުހާދުއަށް އެޑްރެސްކޮށް ލިޔުމުން ހުށަހެޅުމުން މަޢުލޫމާތު ލިބޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ. އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅު ފަރާތްތަކުން [email protected]  އަށް ފޮނުވުމުން ޤާނޫނުގައިވާ ގޮތުގެމަތިން މަޢުލޫމާތު ދެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖެހިފައެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެދަށުން މަޢުލޫމާތު ހޯއްދެވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅުއްވާއިރު ޤާނޫނުގައި ބުނާ މަޢުލޫމާތުތައް ފުރިހަމަވާގޮތަށް ހުށަހެޅުއްވުމަށް މިފުރުޞަތުގައި ހުރިހާ ފަރާތްތަކަކަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

ޚަބަރު ޕޮލިސް ލައިފް

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.