އަލް ޢަސްރުގެ “އޮޑެސީ އޮފް ދައުވާ” ހއ. އަދި އއ. އަތޮޅަށް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ އަދި އިޖުތިމާޢީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަަދުގައި އެކި އަތޮޅުތަކުގެ ރަށްތަކަށް ޒިޔާރަތް ކޮށް ކުރިއަށްގެންދާ “އޮޑެސީ އޮފް ދައުވާ” ގެ ދަތުރުތައް މިފަހަރު ހއ. އަދި އއ. އަތޮޅަށް ހާއްސަ ކުރެވިގެން މި ހަފްތާ ބަންދުގައި ކުރިއަށް ގެންދިއުމަށް އަލް ޢަސްރުގެ ޓީމް ތައް ފުރައިފިއެވެ.

 

އިޝްތިހާރު Below Header ad

މި ދަތުރުތައް ހަމަޖެހިފައިވާ ރަށްތަކަކީ ހއ.އުލިގަން،ހއ.ތުރާކުނު އަދި އއ.މަތިވެރި މި ތިންރަށުގަ އެވެ. ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުން 17 ވަނަ ދުވަހަށް އެކި ޕްރޮގްރާމް ތަކާއި އެކު ކުރިއަށް ގެންދާ މި ދަތުރުތަކުގައި އަލް ޢަސްރުގެ ޓީމާއި އެކު އައްޝެއިހް މުހައްމަދު ޝާހިދު އަދި އައްޝެއިހް މުހައްމަދު ޝާފިއު ބައިވެރިވެލައްވާނެ ކަމަށް މައުލޫމާތު ދެއްވިއެވެ.

އަލް ޢަސްރުގެ ފަރާތުން މައުލޫމާތު ދެއްވާ ގޮތުގައި މިސްކިތް ތަކުގައި ކުރު ދަރުސްތައް ދިނުމަށް ހަމަޖެހިފައިވާ މަޢުލޫތަކަކީ “ހަޔާތުގެ މަޤްސަދު” ، “އެންމެ ފަހު ވަސިއްޔަތް” އަދި “އޭ ޒުވާނާ” މި މައުލޫތަކަށެވެ. އަދި “ކޮފީ ވިތް ޝެއިހް” ގެ އިވެންޓަކާއި، އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން ދަރިން ތަރުބިއްޔަތު ކުރުމުގެ ކުރު ވޯރކްޝޮޕަކާއި ނަމާދުގެ ހަރަކާތްތައް ކިޔާދިނުމުގެ ޕްރޮގްރާމް އެއްވެސް ވަނީ ރޭވިފައެވެ. ހަމައެހެންމެ ޒުވާނުންނަށް ހާއްްސަކުރެވިގެން ނައިޓް ފިޝިން އަދި ބާބެކިއު އެއްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.މި ދަތުރު ތަކުގައި ޒިޔާރަތް ކުރާ ރަށްތަކުގެ އުމުރުން ދުވަސްވީ ބޭފުޅުންނާ ބައްދަލުކޮށްލައި އެބޭފުޅުންނާއި އެކު ހާއްސަ ވަގުތުކޮޅެއް ހޭދަަކޮށްލުމަށްވެސް އަލް ޢަސްރުގެ ޓީމުތަކުން ނިންމާފައިވާ ކަމަށް މައުލޫމާތު ދެއްވިއެވެ.

“އޮޑެސީ އޮފް ދައުވާ” އަދި މިނޫންވެސް ޢަސްރުގެ ޕްރޮގްރާމް ތަކަށް ބޭނުންފުޅުވެ ލައްވާނަމަ އެބޭފުޅުންގެ ފޯން ނަންބަރު 7925277 އަށް ގުޅުއްވައިގެން ހަމަޖެއްސޭނެ ގޮތް ވަނީ ރޭވިފައެވެ. އަދި މިފަދަ ހެޔޮ މަޤްސަދުތަކުގައި ކުރިއަށް ގެންދާ ހުރިހާ ހަރަކާތްތަކެއްވެސް ﷲ ތަޢާލާ ގަބޫލު ކުރައްވާ ބަރަކާތް ލެއްވުމަށް އެދި އަޅުގަނޑު ދުޢާ ކުރަމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.