ޏ. އަތޮޅު ހޮސްޕިޓަލުގައި ތައިރޮއިޑަށް ސްކްރީން ކުރަންފެށުން.. ރައްޔިތުންނަށް ހިނިތުންވުމެއް..

ޏ. އަތޮޅު ހޮސްޕިޓަލުގައި ތައިރޮޑަށް ސްކްރީން ކުރާ މެޝިނެއް ބަހައްޓާ ޚިދުމަތް އިތުރަށް ފުޅާކޮށްފިއެވެ.

އެރަށުގައި ތައިރޮޑަށް ފަރުވާ ހޯދަމުންދާ 200 އަށްވުރެ ގިނަ މީހުން ތިބޭ އިރު، އެ ބައްޔަށް ސްކްރީން ކުރުމަށް ކުރިން މީހުން ދާން ޖެހެނީ އަތޮޅުން ބޭރަށް ކަމަށެވެ.

އިޝްތިހާރު Below Header ad

ފާއިތުވި މަހުގެ ތެރޭގައި ގެނައި އެ މެޝިން އިންސްޓޯލް ކުރުމަށްފަހު މިހާރު އެ ހޮސްޕިޓަލުން ތައިރޮއިޑް ޓެސްޓު ހެދުމުގެ ޚިދުމަތް ދޭން ފެށުމުން އެ ޚިދުމަތް ހޯދުމަށް އަތޮޅުން ބޭރަށްދާ ދިއުމަށް ލުއިކަމެއް ލިބި، ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދާނެ ކަމަށް އެ އަތޮޅު ކައުންސިލުން ބުންޏެވެ.

އެ ކައުންސިލުން ބުނީ އެ މެޝިން ބޭނުން ކުރުމާ ގުޅޭ ގޮތުން އެ ހޮސްޕިޓަލުގެ ލެބޯޓަރީގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްރީން ކުރުމަށް ޕްރޮގްރާމެއްވެސް ބާއްވާފައިވާ ކަމަށާއި އަދިވެސް އިތުރު ތަމްރީނު ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލަކީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ތެލެސީމިއާ ޓެސްޓު ކުރުމުގެ ޚިދުމަތްވެސް ދޭން ފަށާފައިވާ ހޮސްޕިޓަލެކެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.