ވުޟޫ ކޮށްގެންހުރެ އަނބީމީހާ ގައިގާ ބީހިއްޖެނަމަ ނުވަތަ ބައްދާލައިފިނަމަ ވުޟޫ ގެއްލޭނެތޯއެވެ؟

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

އިޝްތިހާރު Below Header ad

 عن عائشة رضي الله عنها أن النبي صلى الله عليه وسلم : ( قَبّل امرأة من نسائه ثم خرج إلى الصلاة ولم يتوضأ ) صحيح: أخرجه أحمد في المسند (25766)، أبو داود: كتاب الطهارة، باب الوضوء من القبلة(179)، الترمذي: كتاب الطهارة، باب ما جاء في ترك الوضوء من القبلة (86) وهذا لفظه، النسائي: كتاب الطهارة، باب ترك الوضوء من القبلة (170)، ابن ماجه:كتاب الطهارة وسننها، الوضوء من القبلة (502) قال الألباني في صحيح سنن أبي داود: صحيح.

 މާނައަކީ: “މާތް ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބިކަނބަލުންގެ ތެރެއިން ކަނބަލަކަށް ބޮސްދެއްވުމަށްފަހުގައި ވުޟޫކުރެއްވުމެއްނެތި ނަމާދަށް ނިކުމެ ވަޑައިގަތެވެ”. މިޙަދީޘް ރިވާ ކުރެއްވީ އަލްއިމާމް އަޙްމަދު، އަބޫދާޥޫދު، އައްތިރްމިޛީ، އައްނަސާއީ، އިބްނު މާޖާ، އައި ޞަޙީހު ސުނަނު އަބޫދާޥޫދު ގައި އަލްބާނީ މި ޙަދީޘް ގެންނަވާފައިވަނީ ޞައްޙަ ޙަދީޘެއްގެ ގޮތުގައެވެ.

މި ޙަދީޘުން ދޭހަވާ ގޮތުގައި އަނބިމީހާ އަށް ބޮސްދީފިނަމަ، ނުވަތަ އޭނާގެ ގައިގައި އަތްބީހިއްޖެނަމަ، ނުވަތަ ބައްދާލާ ހަދައިފިނަމަވެސް، ކުރިމަތީފަރާތުން އެއްޗެއް ބޭރުނުވާހާ ހިނދަކު ދެމީހުންކުރެ އެކަކުގެވެސް ވުޟޫ އެއް ނުގެއްލޭނެއެވެ. ނަމަވެސް، ބޮސްދިނުމުގެ ސަބަބުން ނުވަތަ ބީހިމުގެ ސަބަބުން ނުވަތަ ބައްދާލުމުގެ ސަބަބުން ކުރިމަތީފަރާތުން މަނި ނުވަތަ މަޛްޔު ނަމަވެސް އެއްޗެއް ބޭރުވެއްޖެނަމަ ވުޟޫ ގެއްލޭނެއެވެ. والله أعلم.

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.