ނެޝަނަލް ޔޫރޯ ރީނަލް އެންޑް ފާރޓިލިޓީ ސެންޓަރގެ ޚިދުމަތް މި މަހުފަށަނީ..

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލާއި އިންޑިއާގެ އެން.ޔޫ. ހޮސްޕިޓަލް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ނެޝަނަލް ޔޫރޯ ރީނަލް އެންޑް ފާރޓިލިޓީ ސެންޓަރގެ ޚިދުމަތް މި ނޮވެމްބަރ މަހުގެތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

އެ ހޮސްޕިޓަލުން ބުނީ ކުޑަކަމުދާ ނިޒާމުގެ ޚާއްޞަ ސުލަރ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ ޚިދުމަތް މި މަހުގެ 20 ވާ ހޯމަ ދުވަހު ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކިޑްނީ ބަލިތަކަށް ޚާއްޞަ އައިޖީއެމްއެޗުގެ ސްޕަރ ސްޕެޝަލިސްޓް ޑރ. އިބްރާހީމް ޝިހާމްގެ ޚިދުމަތްވެސް އެ ސެންޓަރގައި ކުރިއަށްދާނެކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އިޝްތިހާރު Below Header ad

އައިޖީއެމްއެޗުން ބުނީ ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކަށާއި ގުޅޭގޮތުން ޑޮކްޓަރަށް ދެއްކުމަށް ވެއިޓްލިސްޓު ކުރުމަށް އެ ހޮސްޕިޓަލުގެ 3335336 ނަމްބަރު ފޯނަށް ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް އެދޭކަމަށެވެ.

އަދި ހޮސްޕިޓަލުގެ ވެބްސައިޓުންނާއި މޯބައިލް އެޕްލިކޭޝަން އާއި އެސްއެމްއެސް އަދި ހޮސްޕިޓަލަށް ވަޑައިގެންވެސް ވެއިޓްލިސްޓް ކުރެވޭނެކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.