ވެމްކޯއަށް ބޭނުންވާ 15 ވެހިކަލެއް ހޯދުމަށް ދެކުންފުންޏަކާއި ޙަވާލުކޮށްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ބޭނުންވާ 15 ވެހިކަލެއް ހޯދުމަށް ދެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

އެކަމުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވެހިކަލްތައް ހޯދުމަށް ހަވާލުކޮށްފައިވަނީ ފޭސް މޮންކީ އާއި ސެނޮކް ޓްރޭޑް ކޮމްބައިން އާއެވެ. މި އެއްބަސްވުންތަކުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފުއާދު އެވެ. އަދި އެ ކުންފުނިތަކުގެ ފަރާތުން އެ ކުންފުނިތަކުގެ އިސްވެރިންނެވެ.

އިޝްތިހާރު Below Header ad

މިކަމާއިގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތު ޙިއްޞާ ކުރައްވަމުން ވެމްކޯގެ އެމްޑީ ފުއާދު ވިދާޅުވީ އެ ކުންފުނިތަކާއެކު ވެމްކޯ އިން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މަސައްކަތްތަކަށް ބޭނުންވާ ދެ އެކްސްކަވޭޓަރާއި 20 ޓަނުގެ ތިން ޑަމްޕް ލޮރީ އާއި އެ ކުންފުނީގެ ކަލެކްޝަން ސަރވިސްއަށް ބޭނުންވާ 1.5 ޓަނުގެ 10 ޕިކަޕް ހޯދުމަށް ކަމަށެވެ. މި ވެހިކަލްތައް ލިބުމުން މާލޭގައި މިހާރު ކުނިއުފުލުމުގައި ހުރި ދަތިތައް ހައްލުވެގެންދާނެ ކަމަށްވެސް ފުއާދު ވިދާޅުވިއެވެ.

އަދި މި ސޮއިކުރި އެއްބަސްވުމުގެ ދަށުން މާލެ ވިލިމާލެ އަދި ހުޅުމާލޭގައި ކަލެކްޝަނަށް ބޭނުންވާ ހުރިހާ ވެހިކަލްތަކެއް ލިބޭނެ ކަމަށާއި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މި ވެހިކަލްތައް އަންނާނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފުއާދު ވިދާޅުވީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ނިމުމުން އެތަނާވެސް ވެމްކޯއިން ޙަވާލުވާނެ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.